Tuesday, September 20, 2011

ކިޔަވާކުދިންގެ ޢާއްމު ޤަވާޢިދު

ކިޔަވާކުދިންގެ ޔުނީފޯމާއި ހެދުން

ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ސްކޫލަށް ޙާޒިރު ވާންވާނީ އަދި، ސްކޫލްގެ ނަމުގައި ދާންޖެހޭ ކޮންމެ ތަނަކަށް ދާންވާނީ ސްކޫލުން ކަނޑައަޅާ ޔުނީފޯމެއްގަ އެވެ. މިއިން އިސްތިސްނާކުރެވޭނީ ސްކޫލް ޔުނީފޯމު ނޫން ހެދުމެއްގައި ކުރުމަށް ސްކޫލުން ކަނޑައަޅާ ކަންކަމެވެ.

ސްކޫލް ޔުނީފޯމާ އެކު އަންހެންކުދިންނަށް ގަހަނާގެ ގޮތުގައި ބޭނުންކުރެވޭނީ ޢާންމުގޮތެއްގައި ކަރުގައި އަޅާފައި އޮންނަ ފަށެކެވެ. އަދި މި ފަށް އޮންނަންޖެހެނީ ނުފެންނަގޮތަށެވެ.

ފިރިހެންކުދިން އެއްވެސް ބާވަތެއްގެ ގަހަނާއެއް ޔުނީފޯމާ އެކު ނުވަތަ ސްކޫލުން ބޭރުގައި ވިޔަސް އަޅައިގެން ނުވާނެ އެވެ. މި ކަމުގައި ބެލެނިވެރިން ޒިންމާވެލައްވަންވާނެ އެވެ.

ކޮންމެ ކިޔަވާ ކުއްޖަކު ބޮލުގެ އިސްތަށިގަނޑު ސާފުކޮށް ބަލަހައްޓައި، ނިޔަފަތި ދިގުވިޔަނުދީ ކަނޑަންވާނެ އެވެ. އަދި ތަމްޘީލުތަކުގައި ކުރަންޖެހޭ މޭކަޕް ފިޔަވައި ސްކޫލް ޔުނީފޯމުގައި އަދި ސްކޫލްގެ ކަންތައްތަކުގައި އުޅޭ އިރު، އެއްވެސް ބާވަތެއްގެ މޭކަޕެއް ނުކުރެވޭނެ އެވެ. އިސްތަށިގަނޑު ޑައިކޮށް، ކުލަޖައްސައި، ޖެލް ލުމަކީ މަނާކަމެކެވެ.

2 comments: