Tuesday, August 27, 2013

ޓީޗިންގ އެކްސެލެންސް އެވޯޑްސް 2013


 އެވޯޑުގެ މިންގަނޑު     


ތަފާތު 11 ފަރާތްތަކެއްގެ ހުނަރުތައް ފާހަގަކުރުމަށްޓަކައި 11 އެވޯޑެއް ތަޢާރަފުކުރެވިފައިވެއެވެ.1.      އެއާޓެކްސީ އެވޯޑް ފޯ ޕްރިންސިޕަލް އޮފް ދަ އިޔަރ - މި މިންގަނޑުގައި ހިމެނޭނީ ފާއިތުވެދިޔަ އަހަރު ޕްރިންސިޕަލުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކެވެ.
2.      އެވޯޑް ފޯ ޑެޕިއުޓީ ޕްރިންސިޕަލް އޮފް ދަ އިޔަރ - މި މިންގަނޑުގައި ހިމެނޭނީ ފާއިތުވެދިޔަ އަހަރު ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކެވެ.
3.       އެލިޔާ އެވޯޑް ފޯ ސެކަންޑަރީ ލީޑިންޓީޗަރ އޮފް ދަ އިޔަރ - މި މިންގަނޑުގައި ހިމެނޭނީ ފާއިތުވެދިޔަ އަހަރު ސެކަންޑަރީ ލީޑިންޓީޗަރުންގެ މަގާމުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކެވެ.
4.      ވިލާ ކޮލެޖް އެވޯޑް ފޯ ސެކެންޑަރީ ޓީޗަރ އޮފް ދަ އިޔަރ - މި މިންގަނޑުގައި ހިމެނެނީ ސެކެންޑަރީ އާއި ހަޔާ ސެކަންޑަރީ އަށް ކިޔަވައިދޭ ތަމްރީނު ލިބިފައިތިބި ހުރިހައި މުދައްރިސުންނެވެ.
5.      އޭޑީކޭ ގުރޫޕް އެވޯޑް ފޯ ޕުރައިމަރީ ލީޑިން ޓީޗަރ އޮފް ދަ އިޔަރ - މި މިންގަނޑުގައި ހިމެނޭނީ ފާއިތުވެދިޔަ އަހަރު ޕުރައިމަރީ ލީޑިންޓީޗަރުންގެ މަގާމުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކެވެ.
6.      މީޑިޔާނެޓް ޑިޖިޓަލް އެވޯޑް ފޯ ޕުރައިމަރީ ސުކޫލު ޓީޗަރ އޮފް ދަ އިޔަރ - މި މިންގަނޑުގައި ހިމެނެނީ ޕްރައިމަރީ (ގްރޭޑު 1ން 7ށް) އަށް ކިޔަވައިދޭ ތަމްރީނު ލިބިފައިތިބި ހުރިހައި މުދައްރިސުންނެވެ.
7.      އޯކިޑް ހޯލްޑިންގްސް އެވޯޑް ފޯ ސެން (ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ) ޓީޗަރ އޮފް ދަ އިޔަރ - މި މިންގަނޑުގައި ހިމެނެނީ ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ތަމްރީނު ލިބިފައިތިބި ހުރިހައި މުދައްރިސުންނެވެ.
8.      އެވޯޑް ފޯ ޕްރީސްކޫލް ހެޑް ޓީޗަރ އޮފް ދަ އިޔަރ - މި މިންގަނޑުގައި ހިމެނެނީ ޕުރީ ސުކޫލަށް ކިޔަވައިދޭ (ނާސަރީ، އެލްކޭޖީއަދި ޔޫކޭޖީ) ތަމްރީނު ލިބިފައިތިބި ހުރިހައި ހެޑް ޓީޗަރުން ނުވަތަ ލީޑިންގ ޓީޗަރުންނެވެ.
9.      ފޯސީޒަންސް އެވޯޑް ފޯ ޕްރީސްކޫލް ޓީޗަރ އޮފް ދަ އިޔަރ - މި މިންގަނޑުގައި ހިމެނެނީ ޕުރީ ސުކޫލަށް ކިޔަވައިދޭ (ނާސަރީ، އެލްކޭޖީއަދި ޔޫކޭޖީ) ތަމްރީނު ލިބިފައިތިބި ހުރިހައި މުދައްރިސުންނެވެ.
10.  އައިލަންޑް އޭވިއޭޝަން އެވޯޑް ފޯ ސަޕޯޓް ސްޓާފް އޮފް ދަ އިޔަރ - މި މިންގަނޑުގައި ހިމެނެނީ ސަޕޯޓު ސްޓާފު (ކައުންސެލަރުން، ހެލްތު އެސިސްޓެންޓުން، ލައިބުރޭރިއަނުން، ލެބު ޓެކްނީޝަނުން، އިދާރީ މުވައްޒަފުން ފަދަފަރާތްތައް) ކެޓަގަރީގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކެކެވެ.
11.  އެންސިސް އެވޯޑް ފޯ "ލައިފް ޓައިމް އެޗީވްމަންޓް" - މި މިންގަނޑުގައި ހިމެނެނީ ތައުލީމީ ދާއިރާގައި މަދުވެގެން 25 މަސައްކަތް ކޮށްފައިވާ ފަރާތްތަކެވެ. ( މިހާރު މަސައްކަތްކުރަމުންދާ ނުވަތަ މުސްކުޅި ކޮށްފައިވާ ފަރާތްތައްވެސް ހިމެނެއެވެ.)

No comments:

Post a Comment