Thursday, January 28, 2010

Math Game: Multiplication Fish by Jane and Joanne

LEVELS
Grades 2 - 3
SKILLS
• beginning multiplication facts to 16
PLAYERS
• 2 - 4
EQUIPMENT
• deck of playing cards, Jokers removed; Jack = 12, Queen = 14, and King = 16
• a multiplication table to during the game (if needed)
GETTING STARTED
Deal five cards to each player. The remaining cards are placed face down in a deck, which is placed in the middle of the playing area. The object of this game is for players to collect pairs of cards with the same number (value) on them. They will search for cards with numbers that match numbers they already hold in their own hands. If any player gets a matched set of cards among the five cards dealt at the start of the game, that player places the matched cards down on the table in front of themselves.
Players alternate turns as they ask another player if she or he has a certain card in their hand. Players ask their questions in the form of a multiplication question.
Example:
• Do you have any 2 x 5's (10's)?
• Do you have any 3 x 2's (6's)?
• Do you have any 7 x 1's (7's)?
If the player asks Do you have any 2 x 5's? to a player who has a 10 in his hand, that player must give up his 10 to the player who asked the question. The player who asked the question now has a pair of 10's. She puts them down in front of herself.
Each player may continue asking questions until they are unsuccessful in finding a match. If a player does not have the number asked for, she says "Fish" and the player asking the question takes a card from the top of the deck. If that card results in a match, he puts down the matched set in front of himself. If there is no match, he keeps the card in his hand and the next player takes her turn.
Play continues until one player is out of cards. Players count up their pairs. The player with the most pairs is the winner.

Thursday, January 21, 2010

ޒިންމާދާރުވުމަށާއި އަމިއްލަވަންތަކަމަށް ތިބާ ފަހެ ލޯތްބެއް ނުކުރައްވަމުތޯއެވެ؟



1 މިއީ މަޢުލޫމާތު ބަދަލުކުރުމުގެ ރަން ޒަމާނެވެ. ތަފާތު ވަސީލަތްތައް މެދުވެރިކޮށް މަޢުލޫމާތު ފެތުރުމުގެ ދޮރު ހުޅުވިފައިވާއިރު، އެތައްބަޔަކު ދަނީ މިދެންނެވި ދޮރުން ލިޔުންތެރިކަމުގެ ތެރެއަށް ވަންނަމުންނެވެ. ނޫސް މަޖައްލާތަކަށް، ނުވަތަ އިންޓަނެޓު މަޖައްލާތަކަށް ނުވަތަ ވެބުސައިޓުތަކަށް ލިޔަމުންނެވެ. ނުވަތަ އަމިއްލަ ބުލޮގްތައް ހަދައި، ލިޔުންތައް ޝާއިރު ކުރަމުންނެވެ. މިއީ ހަމަ ވަރަށް ރަނގަޅު ކަންކަމެވެ. ތަނެއްގައި ލިޔުންތެރިކަން ކުރިއަރައި ދިއުމަކީ އެތަނެއް ތަހުޒީބުވާކަމުގެ އަލާމާތެކެވެ. ފިކުރީ އިންގިލާބެއްގެ ފެށުމެވެ. ވިޔަވަތި ޙަޟާރަތެއް ބިނާކުރުމަށް އެޅޭ ބިންގަލެކެވެ. އަރުތައަށް ލޯބިކުރާ ހުނަރުވެރި، ފަންނުވެރިން އުފެދޭ ކަމުގެ ނިޝާނެކެވެ.

2. ދިރާސާތަކުން ދައްކާގޮތުން ލިޔުންތެރިކަމަކީ ކޮންމެ ބަހަކުން ލިޔުނުކަމުގައިވިޔަސް ލިޔުންތެރިޔާގެ ވިސްނުން ތަރައްޤީކޮށްދޭނެ ކަމެކެވެ. އިންތިޒާމީ ގޮތެއްގައި އަވަހަށް ވިސްނަން ދަސްކޮށްދޭ ތަމްރީނެކެވެ. ޚިޔާލު ތަނަވަސްކޮށްދޭ ކަމެކެވެ. ނަޒަރު ފުޅާކޮށްދޭ ކަމެކެވެ. ފާޑުކިޔުމުގެ ގާބިލިއްޔަތު އިތުރުކޮށްދޭ ކަމެކެވެ. ހަނދާން ގަދަކޮށްދޭ ކަމެކެވެ. ބަސްމޮށުންތެރިކަމަށް ތިމާ މޮޅުކޮށްދޭ ކަމެކެވެ. ތިމާގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށްދޭ ކަމެކެވެ. މިންދާނަ ލިޔުންތެރިޔަކަށް ވުމަށް އެހީވެދޭ ކަމެކެވެ. ތިމާގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެކެވެ. ތިމާގެ އަމިއްލަ ނަފުސު ދެނެގަތުމަށް ހުޅުވޭ ދޮރެކެވެ. ތިމާގެ ކިބައިގައިވާ ހުނަރުތައް ދެނެގަތުމަށް ކޮށްލެވޭ އަޖުމައެކެވެ. ތިމާއާއި އެހެން މީހުންގެ ވިސްނުން ހުންނަގޮތް ދެނެގަނެވޭ ކަމެކެވެ. ތިމާގެ ފިކުރީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ޘަޤާފަތަށް ތިމާގެ ލޯ ހުޅުވައިދޭ ކަމެކެވެ. މުޖުތަމަޢުގެ ކަންކަމަށް ތިމާ އަހުލުވެރިކޮށްދޭ ކަމެކެވެ. އަދި އެއީ ތިމާގެ އަމިއްލަ ޝަޚްޞިއްޔަތު އެހެންމީހުންނަށް ގަލަމުން ތަސްވީރުކޮށްދެވިދާނެ ބާރުގަދަ ވަސީލަތެއްވެސްމެއެވެ.

3. އިސްވެ ދެންނެވުނު ފައިދާތައް ލިޔުންތެރިޔާއަށް ކުރާނީ ލިޔުންތެރިކަމުގައި އޭނާ ޒިންމާދާރު ވެގެންނެވެ. ހިތަށް އެހައި އެއްޗެއް ހިތަށް އެރިހައިގޮތަކަށް ލިޔެ ނިންމާލުމަކުން އަދި ލިޔުންތެރިކަމުން ތިމާއަށް ކުރަންވާނެ ފައިދާތަކެއް ނުކުރާނެއެވެ. އަދި ކީއްތޯއެވެ! އެހެން މީހުންގެ ލިޔުންތަކުން ހަވާލާދިނުމެއްނެތި ވައްކަން ކުރާ އުސޫލުން ނަކަލުކޮށްގެން "މަސްހުނިގަނޑެއް" މޮޑެލުމަކުން ލިޔުންތެރިކަމުން ކުރަންވާނެ އެއްވެސް މަންފާއެއް ތިމާއަށް ނުކުރާނެ ހިނދު، އެކަމުން ތިމާއަށް ކުރާ ނޭދެވޭ އަސަރުތައް މާ ގިނަ ވާނެއެވެ. ވަރަށް ގިނަ ފަހަރު ތިމާ ފަޟީޙަތްވެ ބޭޒާރު ވާނެއެވެ. ކަންވާނީވެސް އެހެން ނޫންތޯއެވެ؟ ތިމާ އެހެން މީހެއްގެ ލިޔުން ނަކަލުކޮށްގެން ޝާޢިއުކުރާ ލިޔުން، އެލިޔުމުގެ ޙަޤީޤި ވެރިފަރާތަށްވެސް ފަހެ ފެންނާނެ ނޫންތޯއެވެ؟ މިހެން މިކަން ވެފައިވެސް އެބަހުއްޓެވެ. ނަމަވެސް އަޅުގަނޑުގެ ނިޔަތަކީ، ބަޔަކު ފަޟީޙަތްކޮށް ނިކަމެތިކުރުންކަމުގައި ނުވާތީ، މިލިޔުމުގައި އެވާހަކަތައް ތަފުޞީލު ކުރާކަށް ނެތީމެވެ.

4. އަޅުގަނޑުހިތުން ކޮންމެ ބޭފުޅަކު، ކޮންމެ ވަޞީލަތެއް މެދުވެރިކޮށް، ކޮންމެ ވާހަކައެއް، ކޮންމެ މަޤުޞަދެއްގައި، ކޮންމެ ބަޔަކަށް އަމާޒުކުރައްވައި، ކޮންމެ ނަމެއްގައި ލިޔުއްވި ނަމަވެސް ޚިޔާރުކުރައްވަން ވާނީ އެކަމުގައި އޮންނަ އެންމެ ޒިންމާދާރު ގޮތެވެ. އަމިއްލަ އުޞްލޫބަކުން އަމިއްލަ ޚިޔާލު ހުށަހެޅުއްވުމަށް އިސްކަންދެއްވުމާއެކު، އެހެން ލިޔުންތެރިއަކާ ހަމަލާ ދެއްވަން ޖެހިލައްވާ ހިނދު، އެކަންވެސް އުފަލާއެކު ކުރައްވަން ވާނެއެވެ. އެ ލިޔުންތެރިޔާގެ ޚިޔާލަށާއި، އެލިޔުންތެރިޔާގެ ފަންނަށާއި އެބޭފުޅެއްގެ ޒާތަށް ޤަދަރުކުރެއްވުމުގެ ގޮތުންނެވެ. މީގެއިތުރުން އެލިޔުމަކުން ބަޔަކަށް ކޮށްފާނެ އަސަރަކަށްވެސް ވިސްނާލެއްވުން ހުއްޓެވެ. ލިޔުންތެރިކަމަކީ މަޢުލޫމާތު ފެތުރުމުގެ ބާރުގަދަ ވަޞީލަތަކަށް ވާތީއެވެ. އެވަޞީލަތުގެ ޒަރިއްޔާއިން ތެދު މަޢުލޫމާތު ފޯރުކޮށްދީ، ޙަޤީޤަތް ހާމަކުރެވެއެވެ. ދޮގު މަޢުލޫމާތު ފޯރުކޮށްދީ، މީހުންނަށް ޙަޤީޤަތް އޮޅުވައިވެސް ލެވެއެވެ. ތަނުގައި މަސްލަޙަތު ޤާއިމުކޮށްދެވެއެވެ. ތަނުގެ ހަމަޖެހުން ނަގައިލެވެއެވެ. މީހަކު ނުވަތަ ބަޔަކު މަތިވެރިކޮށް ނިކަމެތިކޮށްލުމަށްވެސް އެއީ ބާރުގަދަ ހަތިޔާރެއްކަން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތަޖުރިބާއިންވެސް މިދަނީ ހާމަވަމުންނެވެ.

5. ތިބާ ޒިންމާދާރު ވެލެއްވުމުން މެނުވީ ލިޔުންތެރިކަމުން ތިބާއަށް ހިތްހަމަޖެހުންލިބި، ލިޔުންތެރިކަމުން ތިބާއަށް ޙަޤީޤީ ފައިދާއެއް ނުކުރާނެއެވެ. ތިބާއަށާއި އެހެން މީހުންނަށްވެސް އެންމެ މަންފާ ހުރި، ތަހުޒީބު ގޮތަކީވެސް އެއީއެވެ. ޒިންމާދާރުވުމަށާއި އަމިއްލަވަންތަކަމަށް ތިބާފަހެ ލޯތްބެއް ނުކުރައްވަމުތޯއެވެ؟

3 މެއި 2008ގެ ކަސާވާ ޑޮޓު ކޮމުގައިވާ ލިޔުމަށް ބަދަލުގެނެސްފައި

ސުވާލުތަކަށް ޖަވާބުދޭށެވެ.

1. ކުރީ ޒަމާނާއި ޚިލާފަށް މިހާރު ލިޔުންތެރިކަމުގެ ގޮތުން ކުރިއަށް ދެވެން އޮތް މަގުތަކަކީ ކޮބާ؟

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------ 2. ތަނެއްގައި ލިޔުންތެރިކަން ކުރިއަރައި ދިއުމުން ވާނެގޮތްތަކަކީ ކޮބާ؟

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

3. ލިޔުންތެރިކަން ބާރުގަދަ ވަސީލަތަކަށްވަނީ ކީއްވެ؟

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

4. " އެހެން މީހުންގެ ލިޔުންތަކުން ހަވާލާދިނުމެއްނެތި ވައްކަން ކުރާ އުސޫލުން ނަކަލުކޮށްގެން "މަސްހުނިގަނޑެއް" މޮޑެލުމަކުން ލިޔުންތެރިކަމުން ކުރަންވާނެ އެއްވެސް މަންފާއެއް ތިމާއަށް ނުކުރާނެ ހިނދު، އެކަމުން ތިމާއަށް ކުރާ ނޭދެވޭ އަސަރުތައް މާ ގިނަ ވާނެއެވެ." ލިޔުންތެރިޔާގެ މިބުނުން ތަފްސީލުކޮދީ!

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

5. ލިޔުންތެރިކަމުގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަކުން، ކޮންމެ ވަޞީލަތެއްގެ ބޭނުން ކުރައްވައިގެންވެސް ޚިޔާރު ކުރަންވީ ގޮތަކީ ކޮބާ؟

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

6. މީހަކު ނުވަތަ ބަޔަކު މަތިވެރިކޮށް ނުވަތަ ނިކަމެތިކޮށްލުމަށްވެސް ބާރުގަދަ ހަތިޔާރަކަށް ލިޔުންތެރިކަން ވަނީ ކީއްވެ؟

---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

7. ލިޔުންތެރިކަމުން ތިބާއަށް ހިތްހަމަޖެހުންލިބި، ޙަޤީޤީ ފައިދާކުރާނީ ކޮންގޮތަކުންތަ؟

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

8. ތިރީގައިވާ ބަސްތަކުގެ މާނަ ލިޔާށެވެ.

ހ. ތަހުޒީބުވުން ޕ1 --------------------------------------------

ށ. ވިޔަވަތި ޕ1 --------------------------------------------

ނ. މިންދާނަ ޕ2 --------------------------------------------

ރ. ފަޟީޙަތްކުރުން ޕ3 --------------------------------------------

ޅެންމާނަކުރުން

ނޭނގުން...

ނޭނގުމަށްވުރެ ދެރަކަމެއް އޮންނާނެހޭ؟

ނޯންނާނެޔއޭގެ ގެއްލުން ބުނެދެވެން އޮންނާނެހޭ؟ ނޯންނާނެޔޭ

މަގުފުރާ ދުއަވާތަކެތި ދުވަމުން ދިޔަސް ކުޑަ ފިޔޮކަކަށް

މަގުގެ ބިރުވެރިކަން އެނގެން އޮންނާނެހޭ؟ ނޯންނާނެޔޭ

ހުޅުކޮޅެއް މާރީތި ފެނި އޭގައި ހިފަން ދާ ކުއްޖަކަށް

ހުޅުކޮޅަށް ވާގޮތް އެނގެން އޮންނާނެހޭ؟ ނޯންނާނެޔޭ

ތަންތަނުން ހާވާ ކަމުންދާ ކުކުޅަކަށް ފެނުނަސް ގޮނޑުން

ރަންމުތަށް ވާގޮތް އެނގެން އޮންނާނެހޭ؟ ނޯންނާނެޔޭ

ނޭނގުމާ އެނގުމާ އެއީ ، އައްޔާ އަނދިރިފަދަ އެއްޗެކޭ

އޭގެ ދެފަރާތް ހަމަވެގެން އޮންނާނެހޭ؟ ނޯންނާނެޔޭ

ރައިވަރުގެ މާނަލިޔުން

ނީހައިގެ ހަނޑުލުގައި (--------------------------------------)

ޣީބައިން ފާ ކިރުއަޅައި (-------------------------------------)

ރީތި އަނިޔާ ލޮނަށްލައި (-------------------------------------)

ދީ އުޅެތެ ބަތް ކައްކަވައި (------------------------------------ )

ހީލަތުން ކުޅަ މަހާނާހަ (-------------------------------------)

ވީރާކާން ހެނދޫނާ ހަ (-------------------------------------)

މާނަ: ------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

އަދަބިއްޔާތު

1. ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރުގެ ޚިދުމަތްތެރިންނާއި އެބޭބޭފުޅުންގެ ޚިދުމަތްތަކަކީ ކޮބާ؟

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

2. ދިޔޯގެ ރައިވަރުގަިއ ވަނީ ކޮންކަހަލަ ވާހަކަތަކެއްތަ؟

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

3. ޒަމާނުއްސުރެ ރައިވަރަށް ދެމުންއައި ގަދަރާއި ޢިއްޒަތް އުވި ދިޔައީ ކީއްވެތަ؟

------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

4. ދިވެހި އަދަބިއްޔާތުގެ ދައުރުތަކަށް ބަލާއިރު އެންމެ ކުރީގެ ލިޔުންތަކުގައި އަރަބިބަސް ގިނަކަން ފާހަގަ

ކުރެވެއެވެ. މިކަމަަށް މެދުވެރިވީ ސަބަބކީ ކޮބާ؟

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

5. މިންޙަތުލް މަންނާނުގައި ހުރީ ކޮންކަހަލަ ވާހަކަތަކެއްތަ؟

-------------------------------------------------------------------------------------------------------------------------------