Monday, October 3, 2011

ގުރޭޑު 7 ގައި، މަޒުމޫނަށް މާކުސް ދޭނެ މިންގަނޑު


ނޯޓު: މަޒުމޫނުގެ ސުރުޚީ ލިޔެފައި ނެތްނަމަ ޖުމުލަ މާކުހުން 1 މާކު ކަނޑާށެވެ.

އޮށްޓަރު/ޚިޔާލު

ހުށަހެޅުން

ޢިބާރާތްކުރުމާއި ބަހުގެ ޤަވާޢިދާއި ހަމަ

10-9 މާކުސް

* މަޢުޟޫ އާ ގުޅުވައިގެން މަޢުލޫމާތާއި އުފެއްދުންތެރި ޚިޔާލުތައް ވަރަށް ފުރިހަމައަށް/ މޮޅަށް ކިޔާހިތްވާގޮތަށް ހުށަހަޅާފައިވޭ.

* ޕެރެގުރާފުތަކުގެ މައިގަނޑު ޚިޔާލަށް ބާރުދޭ، މުހިންމު ވަރަށް ގިނަ ޕޮއިންޓުތައް ގެނެސްފައިވޭ.

5 މާކުސް

* ވަރަށް ފުރިހަމަ ފެށުމެއް އޮތުމާއި ވަރަށް ފުރިހަމަ ނިންމުމެއް ގެނެސްފައި ވޭ.

* ޚިޔާލުތައް ވަރަށް ފުރިހަމައަށް ޕެރެގުރާފުތަކަށް ބަހައިލައިފައިވޭ.

* ޕެރެގުރާފުތަކުގެ ޖުމުލަތައް ހަމަޖެހޭ ތަރުތީބަކުން ވަރަށް ފުރިހަމައަށް ހުށަހަޅާފައިވޭ.

10-9 މާކުސް

ޢިބާރާތައް ސާދާވެފައި ޖުމުލަތަކާއި ބަސްތަކުގެ އެތުރުން ވަރަށް ފުރިހަމަ.

* ގުޅޭ މުއްސަނދި ބަސްކޮށާރެއް ބޭނުންކޮށްފައިވޭ.

* ބަހުގެ ޤަވާޢިދާއި ހަމަތަކަށް ފުރިހަމައަށް ފެތިފައިވޭ.

8-7 މާކުސް

* މަޢުޟޫ އާ ގުޅޭ މަޢުލޫމާތާއި އުފެއްދުންތެރި ޚިޔާލު ރަނގަޅަށް ހުށަހަޅާފައިވޭ.

* ޕެރެގުރާފުތަކުގެ މައިގަނޑު ޚިޔާލަށް ބާރުދޭ މުހިއްމު ގިނަ ޕޮއިންޓުތައް ގެނެސްފައިވޭ.

4 މާކުސް

* ރަނގަޅު ފެށުމަކާއި ރަނގަޅު ނިންމުމެއް ގެނެސްފައިވޭ.

* ގިނަ ޚިޔާލުތައް ޕެރެގްރާފުތަކަކަށް ބަހާލާފައިވޭ.

* ޕެރެގުރާފުތަކުގެ ޖުމުލަތައް ހަމަޖެހޭ ތަރުތީބަކުން ހުށަހަޅާފައިވޭ.

7-8 މާކުސް

* ގިނަ ޢިބާރާތްތައް ސާދާވެފައި، ޖުމުލަތަކާއި ބަސްތަކުގެ އެތުރުން ރަނގަޅު.

* ގުޅޭ ބަސްކޮށާރެއް ބޭނުންކޮށްފައި ވުމާއެކު ކޮންމެވެސް ވަރަކަށް ބަސްކޮށާރުގެ މުއްސަނދިކަން ފާހަގަކުރެވޭ.

* ބަހުގެ ޤަވާޢިދާއި ހަމަތަކުގެ ކުށް މަދުމަދުން ފެނޭ.

* އިމްލާ ކުށް ވަރަށް މަދު.

6-5 މާކުސް

* މަޢުޟޫ އާ ގުޅޭ މަޢުމޫމާތާއި އުފެއްދުންތެރި ޚިޔާލު މެދު މިންވަރަކަށް ހުށަހަޅާފައިވޭ.

* ޕެރެގުރާފުތަކުގެ މައިގަނޑު ޚިޔާލަށް ބާރުދޭ ޕޮއިންޓުތައް މެދުމިންވަރަކަށް ގެނެސްފައިވޭ.

3 މާކުސް

* މެދުމިނުގެ ފެށުމަކާއި ނިމުމެއް ގެނެސްފައިވޭ.

* ޚިޔާލުތައް ކޮންމެވެސް ވަރަކަށް ޕެރެގުރާފުތަކަކަށް ބަހާފައިވޭ.

* ބައެއް ޕެރެގުރާފުތަކުގެ ޖުމުލަތައް ހަމަޖެހޭ ތަރުތީބަކުން ހުށަހަޅާފައިވޭ.

5-6 މާކުސް

* ޢިބާރާތްކުރުން ކޮންމެވެސް ވަރަކަށް ކޮށި. އަދި ބަސްތަކުގެ އެތުރުމުން ކޮންމެވެސް ވަރަކަށް ކުށް ފެނޭ.

* ނުގުޅޭ ބަސް ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައިވޭ.

* ބަހުގެ ޤަވާޢިދާއި ހަމަތަކުގެ ކުށް މެދުމިންވަރަކަށް ފެނޭ.

* އިމްލާކުށް މަދު

4-3 މާކުސް

* މަޢުޟޫ އާ ގުޅޭ މަޢުލޫމާތާއި ޚިޔާލު ހުށަހަޅާފައިވަނީ ވަރަށް މަދުން

* ޕެރެގުރާފުތަކުގެ މައިގަނޑު ޚިޔާލަށް ބާރުދޭ ޕޮއިންޓުތައް ކޮންމެވެސް ވަރަކަށް ގެނެސްފައިވޭ.

2 މާކުސް

* ގެނެސްފައިވަނީ ދެރަ ފެށުމަކާއި ދެރަ ނިންމުމެއް

* ޚިޔާލުތައް ކޮންމެވެސް ވަރަކަށް ޕެރެގުރާފުތަކަކަށް ބަހާފައިވޭ.

ގިނަ ޕެރެގުރާފުތަކުގައިވާ ޖުމުލަތަކުގެ ގުޅުންކުޑަ.

4-3 މާކުސް

* ޢިބާރާތްކުރުމުގެ މައްސަލަތައް ގިނަ.

* ގިނަ ޖުމުލަތަކުގައި ގުޅޭ ބަސްކޮށާރެއް ބޭނުންކޮށްފައެއް ނުވޭ.

* ބަހުގެ ޤަވާޢިދާއި ހަމައިގެ ކުށް ގިނަ.

* އިމްލާ ކުށް ގިނަ.

2-1 މާކުސް

* މަޢުލޫމާތާއި ޚިޔާލު ހުށަހަޅާފައިވަނީ ވަރަށް މަދުން.

* ޕެރެގުރާފުތަކުގެ މައިގަނޑު ޚިޔާލަށް ބާރުދޭ ޕޮއިންޓުތައް ގެނެސްފައެއް ނުވޭ.

1 މާކު

* ވަރަށް ދެރަ ފެށުމަކާއި ނިންމުމެއް ގެނެސްފައިވޭ.

* ޚިޔާލުތައް އެއްގޮތަކަށްވެސް ޕެރެގުރާފުތަކަކަށް ބަހައިފައެއް ނުވޭ.

* ޕެރެގުރާފުތަކުގައިވާ ޖުމުލަތައް އެއް ޖުމުލަ އާއި އަނެއް ޖުމުލައިގެ ގުޅުން ވަރަށް ކުޑަ.

2-1 މާކުސް

* ޢިބާރާތްކުރުމުގެ މައްސަލަތައް ވަރަށް ގިނަ.

* ގުޅޭ ބަސްކޮށާރެއް ބޭނުންކޮށްފައެއް ނުވޭ.

* ބަހުގެ ޤަވާޢިދާއި ހަމައިގެ ކުށް ވަރަށް ގިނަ.

* އިމްލާކުށް ވަރަށް ގިނަ.

No comments:

Post a Comment